Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ޝަރީއަތް ނިމެންދެން މަހުލޫފު ގޭބަންދަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް

ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަހުލޫފްގެ ޝަރީޢަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި މިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އޭނާ ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެންނެވެ.

މަހުލޫފު ގޭ ބަންދަށް މިއަދު ބަދަލުކޮށްފައިވާ އިރު ކުރިން މަހުލޫފު ބަންދުކޮށްފައި ހުރީ މުޒާހަރާތަކުގައި ބޭނުން ކުރަން މާސްކު ބެހި މައްސަލާގައި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމަށް ބުނެއެވެ.