Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ކާޑުގެ އަގު މާދަމާ އިން ފެށިގެން ހެޔޮވާނެ

* ހަކުރު ކިލޯއެއް 4 ރުފިޔާ
* ހަނޑޫ ކިލޯއެއް 3.98 ރުފިޔާ
* ފުށް ކިލޯއެއް 2.98 ރުފިޔާ

ކާޑުގެ ބާވަތްތައް މާދަމާ އިން ފެށިގެން އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ކާޑުގެ ބާވަތްތައް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓިއޯ އިން ބުނީ މިހާރު 6.72 ލާރި އަށް ވިއްކާ ހަނޑޫ ކިލޯ މާދަމާ އިން ފެށިގެން ވިއްކާނީ 3.98 ލާރި އަށް ކަމަށެވެ. އަދި މިހާރު 6.80 ލާރިއަށް ވިއްކާ ހަކުރު ކިލޯއެއް މާދަމާއިން ފެށިގެން ވިއްކާނީ ހަތަރު ރުފިޔާއަށް ކަމަށެވެ. އަދި މިހާރު 5.26 ލާރި އަށް ވިއްކާ ފު ށްކިލޯއެއް ދެން ވިއްކާނީ 2.98 ލާރިއަށެވެ.

ކާޑުގެ އަގަށް ސަރުކާރުން ބަދަލު މި ގެންނަން މި ނިންމީ މީގެ ކުރިން ކާޑަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގު ދެގުނައަށް ބޮޑުވެފައި ވަނިކޮށެވެ.