Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ސިޓީ ހަމަބިމަށް ތިރިކޮށްލައި، ލިވަޕޫލް ސެމީއާ ގާތަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ 0-3 އިން މެންޗެސްޓަރ ސިޓީ ބަލިކޮށް ސެމީ ފައިނަލާއި ގާތަށް ލިވަޕޫލް އިން ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑު، އެންފީލްޑްގައި ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި 3 ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަނ މުހައްމަދު ސަލާހުއެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޗެމްބަލޭން އެވެ. ލިވަޕޫލްގެ 3 ވަނަ ލަނޑު، ކާމިޔާބުކޮށްދިނީ 31 ވަނަ މިނެޓްގައި ސަޑިއޯ މާނޭ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތް ސިޓީގެ ފަރާތުން މިމެޗްގައި ފެނިގެން ގޮސްފައި ވަނީ ދަށް ކުޅުމެކެވެ. އެގޮތުން، ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ސިޓީއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހު، މެންޗަސްޓާ ސިޓީގެ ދަނޑުގައެވެ.