Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

ބިދޭސީ "ގާތިލް" ގެ ބަންދަށް 13 ދުވަސް ޖަހައިފި

މީގެ ހަ އަހަރު ކުރިން ލޯބިވެރިޔާ މަރާލި ކަމަށް އެއްބަސްވެފައިވާ އިންޑިއާގެ މީހަކު އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ހައްޔަރުކޮށް ބަންދުގެ މުއްދަތު 13 ދުވަހަށް އިތުރުކޮށްފިއެވެ.

ނަން ބަދަލުކޮށް ފޭދޫ "އެއިމްސް ކްލިނިކް"ގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގުރްރާޖް ކިޝޯރް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އިންޑިއާގެ ނޫސް ތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި މަރުގެ މައްސަލާގައި ހައްޔަރުކުރި ގުޖްރާތު ކިޝޯރު ރާއްޖެ އައިސްފައިވަނީ ބާސްކަރު ސްރިވަސްތާގެ ނަމުގައި ހަދާފައިވާ ވަގު ޑޮކިއުމަންޓްތަކާ އެކުގަ އެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ ހިތަދޫގައި ހިންގަމުން އަންނަނަ އައިއެމްޑީސީ ހޮސްޕިޓަލްގައެވެ. އަދި 2016 ވަނަ އަހަރު އޭނާ ވަނީ އަމިއްލައަށް އެދިގެން އެއިމްސް އަށް ބަދަލުވެފައެވެ.