Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޖަލަށް ފޯނުތަކެއް އެތެރެ ކުރަނިކޮށް އަތުލައިގެންފި

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މޮބައިލް ފޯނާއި ސިމް ކާޑުތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 22 ފޯނާއި 29 މޮބައިލް ޗާޖަރު އަދި މީޑިއާ ޕްލެޔަރަކާއި ދެ ރިމޯޓު ކޭބަލް އަދި ފަސް ސިމް ކާޑު އަތުލައިގެންފައެވެ.

މި ތަކެތި އަތުލާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކ. އަތޮޅު ގުރައިދޫގެ ގެއެއް ބަލާ ފާސްކުރުމުންނެވެ.

ފުލުހުން ވަނީ ދާދި ފަހުންވެސް ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް ވައްދަން އުޅުނު މޮބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަތުލައިގެންފައެވެ.