Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ކަނބަލުންނަށް ދަބަސް ފަހަން ދަސްކޮށްދެނީ

އައްޑޫ ސިޓީގެ ކަނބަލުންނަށް ދަބަސްފަހަން ދަސްކޮށްދޭ ކޯހެއް ހިންގަން އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުވަމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކޯހަކީ، އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކުރާ ކޯހެކެވެ.

ކައުންސިލްގެ ފަރާތުން މިއަދު ވަނީ، އައްޑޫގެ ކަނބަލުންނަށް ދަބަސްފަހަން ދަސްކޮށްދޭ ކޯސް ހިންގުމަށް އިންސްޓްރަކްޓަރެއް ހޯދަން އިއުލާން ވެސް ކޮށްފައެވެ.

މިއީ މި ކޯސް ހިންގައިދޭނެ ފަރާތެއް ހޯޑުމަށް ކައުންސިލުން އިއުލާން ކުރި ދެވަނަ ފަހަރެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކޯހުގައި ކިޔަވައިދޭނެ އިންސްޓަރަކްޓަރެއް ލިބުނުހާ އަވަހަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.