Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

އާސެނަލް އާއި އެތްލެޓިކޯއަށް ފަސޭހަ މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގައި އާސެނަލްއާއި ސީއެސްކޭއޭ މޮސްކޯ ބައްދަލުކުރި މެޗު 1-4 އިން ފަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.

މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހާފައިވަނީ އެރޮން ރަމްސީ އަދި އެލެކްސެންޑަރ ލަކަޒެޓްއެވެ. ދެ ކުޅުންތެރިންވެސް ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ރަމްސީ 9 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގާދީފައިވާއިރު މޮސްކޯއިން ވަނީ 15 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ގޮލޮވިން މޮސްކޯއަށް ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް ލަކަޒެޓް ވަނީ 28 ވަނަ މިނެޓުގައި އަނެއްކާވެސް އާސެނަލްއަށް ލީޑު ނަގާދީފައެވެ.

އަދި ރަމްސީ ވަނީ 28 ވަނަ މިނެޓުގައި އާސެނަލްގެ ލީޑު 1-3 އަށް ފުޅާކޮށްފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލަކަޒެޓް އޭނާގެ ދެވަނަ ލަނޑު ޖަހާފައިވާއިރު މިމެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.

މިމުބާރާތުގައި އެތްލެޓިކޯ މެޑްރިޑާއި ސްޕޯޓިންގ ބައްދަލުކުރި މެޗު 0-2 އިން އެތްލެޓިކޯ ވަނީ ކާމިޔާބުކޮށްފައެވެ. ކޯކޭ އާއި ގްރީޒްމަންގެ ގޯލުން އެތްލެޓިކޯ މެޗު ކާމިޔާބުކޮށްފައިވާއިރު ލާޒިއޯ އާއި ލެއިޕިޒްވެސް ވަނީ މެޗުތައް ކާމިޔާބުކޮށް، ސެމީގެ ފުރުސަތު ބޮޑު ކޮށްފައެވެ.