Last Updated: June 28, 09:34
Sunday, June 28, 2026
ޚަބަރު

ޖިންސީ ފުރައްސާކުރި މައްސަލައެއް ޖެންޑާ އަށް

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާ ކުރީ، ފިހާރައިގެ ވެރިފަރާތުގެ އާއިލާ މީހެކެވެ. އޭނާއަކީ ވެސް ފިހާރައިގެ މުވައްޒަފެއް ކަމަށް ވެއެވެ.

މި މައްސަލަ ފަޅާއަރުވާލާފައި ވަނީ އެ ފުރައްސާރައާ ކުރިމަތިވި އަންހެން ކުއްޖާ އަމިއްލަ އަށެވެ.

ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނު އަންހެން ކުއްޖާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ފިހާރައިގައި މަސައްކަތް ކުރާ ފިރިހެނަކު އޭނާ އަށް ޖިންސީ ގުޅުން ހިންގުމަށް އެތައް ފަހަރެއް މަތިން ދައުވަތު ދީފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، އަބަދުވެސް "ޖިންސީ ވާހަކަތައް" ދައްކާ ކަމަށާއި، ފިހާރައިގެ ކައުންޓަރުގައި ހުރެ "ޖިންސީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ބަލާ" ކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ޖެންޑަ މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައެވެ.

އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާކުރި މީހާގެ ވަނަވަރާއި އަދި މިކަން ހިނގި ފިހާރަ 'އައްޑޫލައިވް' އަށް އެނގުނު ނަމަވެސް އަބުރުގެ ޤާނޫނު އޮތްގޮތުން އެމައުލޫމާތު ހާމަކުރެވޭކަށް ނެތެވެ.