މާލޭ ގޯޅިއެއްގެ ތެރޭގައި އިއްޔެ ރޭ ނިދާފަ އޮތް މީހެއްގެ އާއިލާ ހޯދާ އެމީހާ އާއިލާއާއި ހަވާލުކޮށްފިއެވެ.
މާލޭގެ ގޯޅިއެއްގެ ތެރޭގައި ކުނަލެއް މަތީގައި ނިދާފާ އޮތް އަންހެނެއްގެ ފޮޓޯ އިއްޔެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާއްމު ވެފައި ވެއެވެ.
ފުލުހުން ރޭކުރި ޓްވިޓެއްގައި ބުނެފައިވަނީ މާލޭގެ ގޯޅިއެއްގެ ތެރެ ނިދާފައި އޮތްކަމަށް ބުނާ އުމުރުން ދުވަސްވީ އަންހެނަކު ފުލުހުންގެ އެހީތެރިކަމާއި އެކު އާއިލާއާއި ހަވާލުކޮށްފައިވާ ކަމުގައެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އަންހެން މީހާގެ ފޮޓޯ މިއަދު މީސް މީޑިއާގައި އާންމު ވުމާއި އެކު އޭނާގެ އާއިލާ ކޮބައިތޯ ސުވާލުކޮށް ވަރަށް ގިނަ މީހުން ވަނީ އޭނާގެ އާއިލާ ކުށްވެރިކޮށް ވާހަކަދައްކާފައެވެ.