Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ޅ. ގެ ދެ ކައުންސިލަރަކު ސަސްޕެންޑްކޮށްފި

ޅ. އަތޮޅު ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ދެ ކައުންސިލަރަކު ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިއްޔެ ސަސްޕެންޑް ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޅ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި މެމްބަރު މުހައްމަދު ހުސައިނެވެ.

މީގެ ތެރެއިން މުހައްމަދު ހުސައިން މިދިޔަ ނޮވެމްބަރު މަހުވެސް ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެފަހަރު އޭނާ ސަސްޕެންޑް ކުރި ސަބަބެއް ސާފެއް ނުވެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޅ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ރައީސް ރައީސް އިބްރާހިމް ސިމާއު އާއި މެމްބަރު މުހައްމަދު ހުސައިން ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ތުޅާދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.

ދެ މެމްބަރުންވެސް ސަސްޕެންޑް ކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

މިދިޔަ މަހުވެސް އެލްޖީއޭއިންވަނީ 9 ކައުންސިލެއްގެ 21 މެމްބަރަކު ސަސްޕެންޑް ކޮށްފައެވެ.