އައްޑޫގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން އައްޑޫގެ ކަނބަލުންނަށް ހިންގާ ޕޭސްޓްރީ އެޑްވާންސް ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
އަންހެނުންގެ ކޮމިޓީން މި ކޯސް ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުބަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ހުހަޅާ އިރު ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެ ފަރާތެއްގެ މަޢުލޫމާތު، ކޯސް ނިމޭ އިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު، ކޯސް ކުރިޔަށް ގެންދާނެ ގޮތް، ކޯހުގެ މުއްދަތު އަދި ކޯސް ހިންގައި ދޭނޭ އަގު ހުށަހަޅަން ޖެހޭނެ އެވެ.
މާކްސް ދެވޭނެ ގޮތް:
* އަގު: %30
* ތަޖުރިބާ: %30
* މުއްދަތު: %20
* ހުށަހެޅުން: %20
އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން ބުނީ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ 12 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގެ ކުރިން ކަމަށެވެ.