Last Updated: June 18, 13:55
Wednesday, June 18, 2025
ޚަބަރު

ޒޯން 8 ގެ ފައިނަލްގެ ފުރަތަމަ ލެގް މިއަދު ހަވީރު

ޒޯން 8ގެ ފައިނަލްގެ ފުރަތަމަ ލެގް މިއަދު ހަވީރު އޮންނާނެ އެވެ. މި މެޗްގައި ބައްދަލުކުރާނީ ހިތަދޫ ފުޓްބޯޅަ ކްލަބް އާއި ފުވައްމުލަކުގެ ދޫނޑިގަލޯނާ އެވެ.

ދޫނޑިގަލޯނާ އަށް ފައިނަލުން ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގައި ފުވައްމުލަކުން ބައިވެރިވި ހަމައެކަނި ޓީމުގެ ހައިސިއްޔަތުންނެވެ.

ހިތަދޫ ޓީމުން ޒޯން މުބާރާތުގެ ފައިނަލަށް ދިޔައީ 4 ޓީމު ވާދަކުރި، މިނިވަން ޗެމްޕިއަންޝިޕް އައްޑޫ ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިއަދުގެ ފައިނަލް މެޗް ކުޅޭނީ ފުވައްމުލަކު މައިލޯ ދަނޑުގައެވެ. ފައިނަލްގެ 2 ވަނަ ލެގް ކުޅޭނީ ހިތަދޫގައެވެ.

ފާއިތުވި 3 އަހަރު ވެސް ޒޯން 8 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައްޑޫއަށް ނިސްބަތްވާ ފޭދޫ ފުޓްބޯޅަ ކްލަބެވެ.