ސައުދީ އަރަބިއްޔާގައި އަލުން ސިނަމާތައް ހުޅުވައި، 35 އަހަރު ދުވަހުގެ ތެރޭގައި ސައުދީ ސިނަމާއެއްގައި އަޅުވާ ފުރަތަމަ ފިލްމަކަށް "ބްލެކް ޕެންތާ" ވެއްޖެއެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މަގާމަށް އައި ފަހުން ގިނަ ދުވަސްވީ އުސޫލުތަކަށް ބަދަލު ގެނެސް، ޒަމާނާ އެއްގޮތަށް ގައުމު ބަދަލު ކުރަން ފަށާފައެވެ. އެގޮތުން އަންހެނުންނަށް ކާރު ދުއްވޭ ގޮތަށް ގާނޫނު ބަދަލުކޮށް، ޓެކްސް ތައާރަފް ކުރުމާއި ފިރިހެނުންނާއި އެއް ސްޓޭޑިއަމްގައި އަންހެނުންނަށް ވަދެވުން ފަދަ ސަގާފަތްތައް ހިމެނެއެވެ.
މިމަހުގެ 18 ވަނަ ދުވަހު ސައުދީ ސިނަމާތައް ރަސްމީ ގޮތެއްގައި ހުޅުވަން ނިންމާފައިވާއިރު ސިނަމާގައި ދައްކާ ފުރަތަމަ ފިލްމަކީ މާވެލްގެ ބްލެކް ޕެންތާ ފިލްމެވެ. މި ފިލްމަށް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ.
މިހާތަނަށް ފިލްމަށް އެއް ބިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ "ސުޕަހީރޯ" ފިލްމަކަށް މިހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.