Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މާމެންދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގއ. މާމެންދޫ

ގއ. މާމެންދޫ ފަޅުތެރޭގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މީހަކު މަރުވެފައި އޮތްވާ ފެނިގެން އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގަިއ މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 39 އަހަރުގެމީހެއް ކަމަށެވެ.

ސިއްހީ މަރުކަޒުން ވަނީ އެމީހާ ގެންދިޔަ އިރުވެސް މަރުވެފައިވާކަން ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. މިމީހާ ފެނިފައިވަނީ މިއަދު ހެނދުނު 9:15 އެހާކަށްހާއިރެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ހާމަކުރި ނަމަވެސް މަރާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބިފައެއް ނުވެއެވެ.