Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

ބިދޭސީއެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލައިފި

މާލެ - ފޮޓޯ: ގޫގުލް

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތު މީހެއްގެ ގަޔަށް ރޭ ވަޅިޖަހައި ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 9:35 ހާއިރު މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޭ ހިނގި ހާދިސާގައި ޒަޚަމްވެފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެހެން ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ބުރަކައްޓަށް ވަޅި ޖަހައި ޒަހަމްކޮށްލާފައިވާތީ އޭނާ ވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއިން ފަރުވާ ހޯދާފައެވެ. އެހެންނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

ފުލުުހުން ދަނީ މިހާރު އެ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.