Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޖިންސީ ފުރައްސާ ކުރި މައްސަލަ އެބަ ބަލަން: ޕޮލިސް

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންމައްސަލަ ބަލަމުން ގެންދާކަމަށް ބުނެފައި މިވަނީ، މި މައްސަލަ ފުލުހުން ނުބަލާ ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ރީޖަނަލް ކޮމާންޑަރު ޖަމްޝީދް އަލީ ވިދާޅުވީ، ފިހާރައިގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

#ނަމަވެސް ފުލުހުން ތަހުގީގް ކުރަމުން ގެންދާ މައްސަލަ އަކަށް ވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.