Last Updated: April 24, 11:09
Wednesday, April 24, 2024
ކުޅިވަރު

ދޫނޑިގަލޯނާ ބަލިކޮށް، ހިތަދޫން ޒޯން ޗެމްޕިއަންކަމާ ގާތަށް

ޒޯން 8ގެ ފައިނަލްގެ ފުރަތަމަ ލެގުގައި ފުވައްމުލަކުގެ ދޫނޑިގަލޯނާ އާއި ވާދަކޮށް 0-2 އިން މޮޅުވެ ޒޯން8ގެ ޗެމްޕިއަންކަމާއި ގާތަށް ހިތަދޫ ފުޓްބޯޅަ ކްލަބުން ޖެހިލައިފިއެވެ.

ފުވައްމުލަކު 'މައިލޯ' ދަނޑުގައި ކުޅުނު މި މެޗްގައި ހިތަދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮސާގީއެވެ.

ފުރަތަމަ ހާފު ނިމުނީ ރަށުން ބޭރުގައި ކުޅުނު ހިތަދޫ އިން 0-1 ލީޑެއްގައި އޮވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގެ ދެވަނަ ހާފަށް ދޫނޑިގަލޯނާ އިން އިތުރު ހިތްވަރަކާއި އެކު ނިކުމެ ގޯލެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން ގިނައިރުތަކެއް ނުވެ ހިތަދޫ ޓީމުގެ އަޓަންގާނާ އޮނަންބެލޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ.

ރަށުން ބޭރުގައި 2 ގޯލުގެ ތަފާތުން މޮޅުވި ހިތަދޫ އަށް ޒޯން 8ގެ ޗެމްޕިއަނަކަށް ވުމުގެ ފުރުސަތު ބޮޑުވެފައި ވާއިރު، ފައިނަލްގެ 2 ވަނަ ލެގް ކުޅޭނީ މިމަހުގެ 10 ވަނަ ހިތަދޫގައެވެ.