Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

މެސީގެ ހެޓްރިކުން ބާސާ ރެކޯޑް އެއްވަރުކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އަދި ލެގަނެސް ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށް، ބާސާ ލީގުގައި ބަލިނުވެ ހަދާފައިވާ 38 މެޗުގެ ރެކޯޑާ އެއްހަމަ ކޮށްފިއެވެ.

މިސީޒަނުގައި ޔޫރަޕުގެ ފަސް ލީގުގައި ބަލިނުވެ ހިފަހައްޓާފައިވާ ހަމައެކަނި ޓީމަށް ބާސާ ވެފައިވާއިރު އާނަސްޓޭ ވަލްވާޑޭގެ ޓީމުން ރޭގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ބާސާގެ ތިން ލަނޑުވެސް މެސީ ޖަހާފައިވާއިރު ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ގޯލު ގޯލު ކުޓީނިއޯގެ އެސިސްޓަކުން މެސީ ކާމިޔާބުކޮޮށްފައިވާއިރު ލެގަނެސް ވަނީ ދެވަނަ ހާފުގައި އެއް ގޯލު ޖަހާފައެވެ.

ނަމަވެސް ތިން ޕޮއިންޓު ކަށަވަރުކޮށް މެސީ ހެޓްރިކް ހެދީ މެޗު ނިމެން ކައިރި ވެފައިވަނިކޮށް، 87 ވަނަ މިނެޓުގައި އުސްމަން ޑެމްބެލޭގެ އެސިސްޓަކުންނެވެ. މިމޮޅާއެކު 79 ޕޮއިންޓު ހޯދައި ބާސާ ވަނީ ގާތްގަނޑަކަށް ލީގު ކަށަވަރުކޮށްފައެވެ. ބ