Last Updated: June 14, 09:25
Sunday, June 14, 2026
މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލް: ގަދަ 7 ގައި އައްޑޫގެ 3 ބައިވެރިން

މޯލްޑިވިއަން އައިޑޮލްގެ ގަދަ 7 އިން އައްޑޫގެ ތިން ލަވަކިއުންތެރިންވެސް ޖާގަ ހޯދައިފިއެވެ.

ޖާގަ ކަށަވަރުކޮށްފައިވާ އައްޑޫގެ ތިން ލަވަކިއުންތެރިންނަނީ ފޭދޫގެ އައިޝަތު އަޒަލް އަލީ ޒާހިރު އާއި ހިތަދޫގެ ހުސެއިން ޝަހުދާން އާއި މަރަދޫގެ އައިޝަތު ސައިނާ މުހައްމަދު ރަޝީދުއެވެ.

ރޭ ބޭއްވި އެލިމިނޭޝަން ނައިޓުން ގަދަ 7އަށް ނުހޮވި ކަޓައިގެން ދިޔައީ އަބްދުﷲ މުނާޒުއެވެ.

ޖަޖުންގެ 50 އިން ސައްތަ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސްއިން އައްޑޫގެ ތިން ލަވަކިއުންތެރިން ގަދަ 7އަށް ދަތުރުކުރި އިރު މި ތިން ބައިވެރިންނަށްވެސް އައްޑޫން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.