Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

ގޭޓްވޭގެ ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް

ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލް

ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އިތުރުކޮށްދީފި އެވެ.

އެ ސްކޫލްގެ ބެލެނިވެރިޔަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި މާރާމާރީ ހިންގީ ގްރޭޑް 7 ގައި އުޅޭ އަންހެން ދަރިވަރަކު ބަލައި ބެލެނިވެރިޔާ ސްކޫލަށް ދިޔުމުން، އެ ދަރިވަރު ގެއަށް ގޮސްފިކަމަށް ބުނެ އެސިސްޓެންޓް ޕްރިންސިޕަލް "ދޮގު ހެދި" ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ މަޢުލޫމާތު ދިން ބެލެނިވެރިޔާ ބުނީ ސްކޫލުން އެހެން ބުނުމުން ބެލެނިވެރިޔާ ގެއަށް ގޮސް ބެލިއިރު ކުއްޖާ ގޭގައި ނެތް ކަމަށާއި، ދެން ބެލެނިވެރިޔާ އަނެއްކާ ސްކޫލަށް ދިޔައިރު އެދަރިވަރު ސްކޫލުގައި ހުރުމުން ރުޅިއައިސް ޖެހީ ކަމަށެވެ.

މާރާމާރީގައި އަނިޔާވި އެސިސްޓެންޓް ޕްރިންސިޕަލަކީ ސްރީ ލަންކާ އަންހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްޗްއިން ފަރުވާ ހޯދިއެވެ.