Last Updated: April 20, 13:23
Saturday, April 20, 2024
ކުޅިވަރު

ޖެހިޖެހިގެން ހަވަނަ ފަހަރަށް ބެޔާން ލީގް ނަގައިފި

ޖަރުމަނު ބުންޑަސްލީގާ ޖެހިޖެހިގެން ހަވަނަ އަހަރު ބެޔާން މިއުނިކް އިން ކާމިޔާބުކޮށްފިއެވެ.

ރޭ ބުންޑެސްލީގާގައި އައުސްބާގް އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 1-4 އިންނެވެ. ޖޫޕް ހެޔެނެކޭގެ ޓީމު މިމެޗު ކާމިޔާބުކުރީ 18 ވަނަ މިނެޓުގައި ސުލޭ އަތުން ބައިކޮޅަށް ވަން ގޯލަކަށް ފަހު، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

ސޫލޭގެ ގޯލާއެކު އައުސްބާގްއަށް ލީޑު ނެގުނަސް ބެޔާން އިން ވަނީ 32 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ޓޮލީސޯ ޖަހާފައިވާއިރު ހަމޭސް ވަނީ 38 ވަނަ މިނެޓުގައި ބެޔާންއަށް ލީޑު ނަގާދީފައެވެ.

ފަހު ހާފުގައި ބެޔާންގެ ފަހު ދެ ގޯލު ޖަހާފައިވަނީ ރޮބެން އަދި ވެގްނާއެވެ. މި ނަތީޖާއާއެކު ބެޔާންއަށް ތަށި ޔަގީން ވެފައިވަނީ ދެވަނައިގައި އޮތް ޝާލްކޭއާ ދެމެދު 20 ޕޮއިންޓުގެ ފަރަގެއް އޮތުމުންނެވެ.

ފާއިތުވެދިޔަ 12 އަހަރު ތެރޭގައި ބެޔާން ވަނީ 11 ފަހަރު ލީގު ނަގާފައެވެ.