Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އޭބީސީން މައިންނަށް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

އައްޑޫ ބެޑްމިންޓަން ކްލަބް (އޭބީސީ)ން މައިންނަށް އަމާޒުކޮށްގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް އިއްލާންކޮށްފިއެވެ.

"ގޮމަ ކަޕް"ގެ ނަމުގައި އެޕްރީލް 11 އިން 14އަށް ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 35 އަހަރުން މަތީގެ މައިންނަށެވެ.

އޮޕެންސް ޑަބަލްސް ޓީމްތަކަށް އެކަނި ފުރުސަތު ހުޅުވާލާފައިވާ އިރު މުބާރާތުގައި ބައިވެރިވާ ކޮންމެ ޕެއާއަކުން 100 ރުފިޔާ ދައްކަން ޖެހޭނެކަމަށް އޭބީސީން ވަނީ ބުނެފައެވެ.

އޭބީސީން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 8 ޖެހުމުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށެވެ.

ދުޅަހެޔޮ ސިއްހަތެއްގައި މައިން ދެމި ތިބުމަށް ބެޑްމިންޓަން ކުޅުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދާނީ ހިތަދޫ ޒުވާނުންގެ މަރިކަޒުގައެވެ.

އައްޑޫގައި ބެޑްމިންޓަން ކުރިއެރުވުމަށް އުފެއްދި އޭބީސީން އަންނަނީ ވާދަވެރި ބެޑްމިންޓަން މުބާރާތްތައް ހިތަދޫގައި ބާއްވަމުންނެވެ. އެގޮތުން ސްކޫލް ކުދިންނަށާއި، ޒުވާނުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ތަފާތު މުބާރާތް ތައް ދަނީ ބާއްވަމުންނެވެ. އަދި އަތޮޅު ފެންވަރުގެ މުބާރާތްތައް ވެސް އަންނަނީ ބާއްވަމުންނެވެ.