Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ގައިދީންނާ ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: ފޮޓޯ، އަވަސް

ހައްޔަރުކޮށްފައިވާ ގައިދީންގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އާއިލާތަކާއި ބައްދަލު ކުރެވޭ އުސޫލު މަހަކު އެއް ފަހަރަށް ބަދަލުކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ ދަނބި ދަރިކަލުން މުހައްމަދު ނަދީމްގެ އަނބިކަބަލުން ޔުމްނާ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ފިރިކަލުން ނަދީމް އާއި ބައްދަލު ކުރެވޭނީ މަހަކު އެއްފަހަރު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

ގައިދީންގެ އާއިލާތަކަށް މިގޮތަށް ކަރެކްޝަނުން އަންގާފައިވާ އިރު މީގެ ކުރިން ހަފްތާއަކު އެއްފަހަރު ގައިދީންނާއި އާއިލާތަކާއި ބައްދަލު ކުރެވެއެވެ.

ކަރެކްޝަންސްގެ އުސޫލަށް ބަދަލު ގެނައިރު ތަފާތު އެކި ތުހުމަތުތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ސީޕީ އަހުމަދު އަރީފް ތިއްބެވީ ހައްޔުރުކޮށްފައެވެ.