ދ. ވާނީގައި ހުންނަ ޕޮލިސް އެކަޑަމީގައި ތަމްރީން ހަދަމުން ދިޔަ ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ވާނީގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ފުލުހަކު ބަލިވެގެން ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ނިޔާވެފައިވާ ކަމަށެވެ.
ނަމަވެސް އެފުލުސް މީހާގެ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ. ޝިފާން ވިދާޅުވީ ނިޔާވި ފުލުސް މީހާ ރޭގެ ވަގުތެއްގައި މާލެ ގެންނާނެކަމަށެވެ.