Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

ޔާމީން ކެނެޑާގެ ބޮޑުވަޒީރަށް ތަޢުޒިޔާގެ މެސެޖެއް

ކެނެޑާގެ ސަސްކޭޗުވަން ޕްރޮވިންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި، އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި ބަސް އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ ކެނެޑާއާ އެކުގައި ކަމަށާއި، ކެނެޑާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަ ގޮތެއްގައި މިހާދިސާގެ އަސަރުކުރި ފަރާތްތަކަށް ރައީސް ޔާމީން ޙަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ވެސް ރައީސް ޔާމީންގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.