Last Updated: June 18, 18:11
Wednesday, June 18, 2025
ޚަބަރު

މަަރަދޫ ސްކޫލް ދަރިވަރުން ސަދަން ކޮމާންޑަށް

އޯޓިޒަމް އެވެއަނެސް ވީކް ފާހަގަކުރުމުގެ ގޮތުން މަރަދޫ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރަށް މިއަދު ޒިޔާރަތްކޮށްފި އެވެ.

މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރު ގަމަށް މަރަދޫ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ ސަދަން މޯސްޓް ޕޮއިންޓުން، ދަރިވަރުންނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އޭރިއާގައި މަސައްކަތް ކުރައްވާ އޮފިސަރުންނެވެ.

މަރަދޫ ސްކޫލުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ސާދަ ދަރިވަރުންނާއި ހަތް ޓީޗަރުން އެމްއެންޑީއެފް ސަދަން އޭރިއާ އަށް މި ކުރި ޒިޔާރަތުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ސިފައިން ބޭނުން ކުރާ ބައެއް ވެހިކަލްތައް ދައްކާލުމާއި ކޯސްޓްގާޑް ޑައިވަރުންގެ ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން މެރީންސް އާއެކު ފޮޓޯ ނެގުމާއި ފަޔަ އެންޑް ރެސްކިއު ސާވިސްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ދަސްކޮށް ދީފައިވެ އެވެ.