Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ވިލާ ކޮލެޖުން އާ 5 ކޯހެއް ތައާރަފްކޮށްފި

ވިލާ ކޮލެޖުން އާ ފަސް ކޯހެއް ތައާރަފްކޮށް، އަންނަ މަހު ފަށާ ކޯސް ތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިއަދު ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި އާ ފަސް ކޯސް އިފްތިތާހުކޮށްދެއްވީ ކޮލެޖްގެ ރެކްޓަރ، ޑރ. އަހުމަދު އަންވަރުއެވެ.

މިއަދު ވިލާ ކޮލެޖުން އަލަށް ތައާރަފް ކޮށްފައިވާ ފަސް ކޯހަކީ މާސްޓާ އޮފް ޝަރީއާ އެންޑް ލޯއާ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި މާސްޓާ އޮފް ޓީޗިން ދިވެހި ލެންގުއޭޖާއި ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމެންޓް އަދި ސެޓިފިކެޓް ފޯ އިން ނާސިން އެވެ.

މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ވިލާއިން މޭއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ އިރު މިއަހަރުވެސް 102 ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާއިން ވަނީ އެކޮލެޖްގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދިވެރިކޮށް ކިޔަވާ ލޯން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.