Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މަސް ގަންނަ މިންވަރު މިފްކޯ އިން އިތުރުކޮށްފި

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް މިދުވަސްކޮޅު ރަނގަޅުވުމާއި ގުޅިގެން މިފްކޯއިން މަސް ގަންނަ މިންވަރު އިތުރުކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ ފާއިތުވި ހަ މަސް ދުވަހު މިފްކޯއަށް ކިރާފައިވަނީ 150 ޓަނު މަސް ކަމަށާއި ނަމަވެސް ފާއިތުވި ދެތިން ދުވަހު އެވްރެޖްކޮށް 600 ޓަނު މަސް ކިރުވާފައިވާ ކަމަށެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވި އިރު މަސްކިރުވަން ގިނަ އިރު ކިއު ހަދައިގެން ތިބެން ޖެހުމާއި އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.

މިފްކޯއިން ބުނީ އައިސް ދޫކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުން އަންނަ އިރު އައިސް އުފައްދާ ކެޕޭސިޓީ 355 ޓަނުން 630 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މަސް ގަންނަ މިންވަރު 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ.