Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އަންހެނުންގެ ޑޮކްޓަރަކީ މީހަކު ނުވެގެން ބަހައްޓާފައި ހުރި މީހެއް: ހެލްތު

ހަވީރު ހިތަދޫގައި ހިނގި އެކްސިންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވޭ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި އަންހެނުންގެ ޑޮކްޓަރާއި ގުޅޭ ގޮތުން ހޮސްޕިޓަލާއި ބަލި މީހުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އޭނާ ފޮނުވާލެވޭނީ އާ ޑޮކްޓަރަކު ލިބިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

"އައްޑޫ ލައިވް"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑޮކްޓަރުންނާ ބެހޭ އެންމެ އިސް ބޭފުޅާ އަހްމަދު ކަރަމް ވިދާޅުވީ ހިތަދޫ ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރު ފޮނުވާ ލެވޭނީ އިތުރު ޑޮކްޓަރަކު ލިބިގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި ޑޮކްޓަރު ހޮސްޕިޓަލުގައި ބަހައްޓައިގެން އާ މިހަކު ލިބެން ދެން ހިދްމަތް ދިނުމަށް މަޖްބޫރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ޑޮކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން. ހޭނައްތާ ޑޮކްޓަރުންނާއި ގައިނީ ހޯދުން ވަރަށް އުނދަގޫ. އެކަމުގެ މަސައްކަތް އެބަ ކުރޭ،" ކަރަމް ވިދާޅުވި އެވެ.

ކަރަމް ވިދާޅުވީ ޑޮކްޓަރާ ބެހޭ ގޮތުން ގިނަ ޝަކުވާ ތަކެއް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ފޮނުވާލައިފި ނަމަ ބަދަލުގައި ފޮނުވާނެ އިތުރު ޑޮކްޓަރަކު ނެތް ކަމަށެވެ.

"އޭނާ ފޮނުވާލާފައި އައްޑު އަށް ފޮނުވާނެ ޑޮކްޓަރަކު ނެތް. ރާއްޖޭގަ ގައިނީ ޑޮކްޓަރުން ވަރަށް މަދު. އެހެންވެ އެހެން ތާކު ހުރި ޑޮކްޓަރެއް ވެސް ނުފޮނުވޭނެ." އޭނާ ވިދާޅުވި އެވެ.

ކަރަމް ވިދާޅުވީ އާ ޑޮކްޓަރަކު ލިބޭނެ ވަކި ދުވަހެއް އަދި ބުނަން ނޭނގޭކަމަށެވެ. ނަމަވެސް އާ ޑޮކްޓަރަކު ލިބުމާ އެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހުރި އަންހެނުންގެ ޑޮކްޓަރު ރާއްޖޭން ފޮނުވާލާނެ ކަމަށެވެ.

"އައްޑޫ ލައިވް" އިން ޑޮކްޓަރާ ގުޅޭ ގޮތުން އިތުރަށް ސުވާލު ކުރަން ފެށުމުން ކަރަމް ވަނީ ފޯނު ކަނޑާލާފަ އެވެ.

ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލާ އާއި، އަތި އެ ތަނުން ދޭ ހިދްމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިއަދު މެންދުރު އެމްޑީޕީން ވަނި ހޮސްޕިޓަލް ސަރަހައްދުގައި މުޒާހަރާކުރަން ނިންމާފަ އެވެ.