Last Updated: June 27, 11:12
Friday, June 27, 2025
ޚަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މިއަދު ފަށަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ރައީސް މައުމޫންގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު، ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް މިއަދު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކޮށް ފެބްރުއަރީ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ދެ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެއިން މިއަދު ފަށަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސްއެޅި ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެ ދައުވާ ކުރަނީ އެ ބޭފުޅުން ހެކި ފޮރުވި ކަމަށް ތުހުމަތު ކޮށެވެ.

މިތިން ބޭފުޅުންގެ މައްޗަށް ކުރާ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 3 ޖަހާއިރުއެވެ.

އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ދައުލަތުން ކޮށްފައެވެ. އެގޮތުން ގާނޫނޫ ސަރުކާރު ވައްޓާލަން އުޅުއްވުމާއި، އަދުލު އިންސާފުގެ ނިޒާމަށް ބާރު ފޯރުވުމުގެ އިތުރުން ރިޝްވަތު ނެންގެވުމާއި ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.