Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

"ބައްދަލުވުން ބޮއިކޮޓް ކުރިކަން ޕާޓީތަކުން ނާންގާ"

އިލެކްޝަން ކަމިޝަނުގެ އާ ރައީސް އަހުމަދު ޝަރީފް، ފޮޓޯ: މިހާރު

ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ދިން ދައުވަތު ގަބޫލް ނުކުރާކަން އެއްވެސް ޕާޓީއަކުން އަންގާފައި ނުވާކަމަށް އިލެކްޝަން ކަމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިލެކްޝަންގެ ބައްދަލުވުން ޝެޑިއުލް އާއި އެއްގޮތަށް މިއަދު ފަށާނެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ޖުމްހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އީސީގެ ބައްދަލުވުން އިދިކޮޅުން ބައިވެރި ނުވާނެކަމަށާއި އެ ބައްދަލުވުމަކީ ޕާޓީތަކުގެ މައުލޫމާތު ސީދާ ރައީސް ޔާމީންގެ އޯޑަރަށް ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެހެންވެ އެ ފުރުސަތު އީސީއަށް ނުދޭނެ ކަމަށެވެ.

އިލެކްޝަނުން މިއަދު ބުނީ ޕާޓީތަކާއި ބައްދަލު ކުރަނީ ޕާޓީތަކުން އިންތިހާބަށް ވަމުންދާ ތައްޔާރީ ތައް ބެލުމަށް ނޫން ކަމަށާއި އިންތިހާބަށް އިލެކްޝަނުން ވަމުންދާ ތައްޔާރީތައް ހިއްސާ ކުރުމަށް ކަމަށެވެ.

އިލެކްޝަނުން ޕާޓީތަކާއި ބައްދަލު ކުރުމަށް ދައުވަތު ފޮނުއްވިއިރު މިހާރު އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް އަކީ ރައީސް އަބްދުﷲ ޔާމީން އާއި އެކު ޕީޕަލްސް އެލައެންސް (ޕީއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފަހު މިހާރުގެ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާއެވެ.