Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ވެމްކޯ ހުޅުމީދޫ ސައިޓްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އޮފީހުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު މެންދުރު 2:40 ހާއިރު ހިނގި މިހާދިސާގައި ކުނިކޮށީގެ އިމާރާތުގެ ބޮޑުބައެއް ވަނީ އަނދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ރޯޥެފައި ވަނީ ކުނިކޮށީގައި ހުރި ކުނިތަކެއްގައެވެ.

އެ ސަރަހައްދުގައި ހުރި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ގޮސް އޮފީސް އިމާރާތުގައި ވެސް ރޯވެފައިވާ ކަމަށެވެ.

ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ސިފައިންނާއި ފުލުހުން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ. މި ހާދިސާގައި ކުނި ކޮށީގެ އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.