ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހަދާ ގާނޫނު އަސަސީން ދީފައިވާ ހައްގުތައް ކަށަވަރު ކުރެވޭނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
When considering an intervention, major powers ask themselves ‘what comes next?’ In #Maldives, we need robust intervention; ‘what next’ is free and fair elections, and mechanisms to strengthen Independent Institutions and safeguard Constitutional rights.
— Mohamed Nasheed (@MohamedNasheed) April 10, 2018
އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ކުރިން ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރާ ސުވާލަކީ އެއަށްފަހު ދެންވާނީ ކިހިނެއްތޯ ކަމަށާއި، އެ ސުވާލުގެ ޖަވާބަކީ އެއަށްފަހު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމުގެ ނިޒާމުތަކާއި ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތައް ކަށަވަރުވެގެންދިޔުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ އިރު ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ އެދެމުންނެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ދަނީ ދިވެހިރާއްޖޭގައި މިހާރު އޮތް ސަރުކާރާ މެދު ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަން ފާޅު ކުރަމުންނެވެ.