Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ޖާބިރަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފި

ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރ އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރަށް އިނގިރޭސިވިލާތުން ހިމާޔަތްދީފިއެވެ.

ކުރިން ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެެއްވި ޖާބިރަށް އިނގިރޭސިވިލާތުން ހިމާޔަތް ދެއްވިކަން ހާމަކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކުރެެއްވި ޓްވީޓެެއްގައެވެ. ދިޔާނާ ވަނީ ޖާބިރަށް ސިޔާސީ ހިމާޔަތް ހޯއްދަވައިދެއްވުމުގައި ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައެވެ.

ޖާބިރަށް ހިމާޔަތް ލިބިވަޑައިގެންނެވި އިރު ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައެވެ. އަދި ޖާބިރު ހޯދުމަށް ފުލުހުން ވަނީ އެމަނިކުފާންގެ ގެ ހ. ތިމާވެއްޓަށް ގޮސްފައެވެ.