ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ހިދުމަތް ގއ. ވިލިގިލީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ވަނީ، ވިލިނގިލީގައި ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން މި 30 އެޕްރިލް 2018 ގެ ކުރިން ހިދްމަތަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއަކުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 1 އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ އެކުންފުނިން ފޯރުކޮށްދޭ ޓީވީގެ ހިދްމަތް ރާއްޖޭގެ އެއްވެސް ކަންކޮޅެއް ތަފާތު ކުރުމެއް ނެތި 300 ރުފިޔާގެ ރޭޓުން 80އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭނެކަމަށެވެ.