ވޭސްޓް މެނޭޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާދިނުމަށް ދިންކަމަށް ބުނެ އެންޓި ކަރަޕްޝަން ކަމިޝަނުން ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު އަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ ފުވާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ލޭންޑިން ކްރާފްޓް ގަތުމަށް ދިން ކުންފުންޏަށް އެޑްވާސްކޮށް ލޭންޑިން ކްރާފްޓްގެ 30 ޕަސެންޓް އަގުކަށްވާ 3.9 މިލިއަން ރުފިޔާ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ހިލާފަށް ދީފައިވާތީކަމަށެވެ.
އޭސީސީން ބުނީ ލޭންޑިން ކްރާޕްޓް ގަތުމަށް ހުށަހެޅި ޕްރޮޕޯސަލަކީ އެމްޑީގެ އެންގުމަށް ތައްޔާރުކޮށް ފޮނުވާފައިވާ ޕްރޮޕޯސަލެއް ކަމަށާއި، އެ ޕްރޮޕޯސަލް ކުންފުންޏަށް އެންޓްރީވިކަން އެނގެން ނެތްކަމަށެވެ. އަދި ލޭންޑިން ކްރާފްޓެއް ގަތުމަށް ޕްރޮޕޯސަލް ހޯދާފައިވަނީ ކުންފުނީގެ ބޯޑަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫންކަމަށާއި ފައިސާ ދޫކުރި އިންވޮއިސްގައި އެމްޑީ އަތުން ފައިސާ ދިނުމަށް ލިޔެފައިވާ ކަމަށެވެ.
އަދި ވެމްކޯއަށް ގަތް ލޭންޑިން ކްރާފްޓް ބެލިއިރު ބޮޑެތި މައްސަލަ ހުރިކަމަށް އޭސީސީގެ ތަހުގީގީ ރިޕޯޓްގައިވެއެވެ. އެހެންވެ ދައުލަތުން ގެއްލުނު 3.9 މިލިއަން ރުފިޔާ ފުއާދުގެ އަތުން ހޯދުމަށް އެދިފައިވެއެވެ.