Last Updated: June 10, 20:48
Thursday, June 11, 2026
މުނިފޫހިފިލުވުން

ވިޝާލް އާ އެކު އަނެއްކާ ވެސް ޝާހިދު

ޝާހިދު ކަޕޫރުގެ ކެރިއަރުގައި މިހާތަނަށް އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބް އެއް ފިލްމް ކަމަށްވާ "ކަމީނޭ" ގެ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އާއި ޝާހިދު އަނެއްކާ ވެސް އެކުގައި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

"ކަމީނޭ" ގައި ޝާހިދު ކުޅެފައި ވަނީ ޑަބަލް ރޯލެެކެވެ. އަދި އެ ފިލްމުން އޭނާ ފެނިގެން ގޮސްފައި ވަނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިޝާލް މިފަހަރު ވެސް ހަދަން ނިންމާފައި ވަނީ އޭނާ މީގެ ކުރިން ވެސް ފިލްމް ހަދާފައިވާ މަޝްހޫރު ޝޭކްސްޕެއާގެ ޕްލޭއެއްގެ މައްޗަށެވެ.
ވިޝާލް މީގެ ކުރިން ވަނީ ޝޭކްސްޕިއާގެ "އޮތެއްލޯ" އަށް ބިނާކޮށް "އޮމްކާރާ" އަދި "މެކްބެތު" އަށް ބިނާކޮށް "މަގުބޫލް" އުފައްދައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

މިފަހަރު ވިޝާލް ޝާހިދު ހިމަނައިގެން ހަދާ ފިލްމަކީ އަސަރު ގަދަ އަދި ކާމިޔާބް ފިލްމަކަށް ވާނެ އެވެ. ފިލްމް ބިނާ ކުރަނީ ޝޭކްސްޕެއާގެ ޕޮއެޓް ޑްރާމާއެއްގެ މައްޗަށެވެ.

ވިޝާލް އެންމެ ފަހުން ޑައިރެކްޓް ކުރި "މަތުރު ކީ ބިޖިލީ ކާ މަންޑޯލާ" އަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެ ފިލްމްގައި ހަރަކާތްތެރިވެފައި ވަނީ ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރުގެ އިތުރުން އިމްރާން ހާނާއި އަނުޝްކާ ޝަރްމާ އެވެ.