Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ޝާހިދާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދިރިއުޅުނު ގެ

މިދިޔަ މަހުގެ 1 ވަނަ ދުވަހު ހދ. ނޮޅިވަރަމުގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި މީހަކު ހައްުޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ 61 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އޭނާ އާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ.

ޝާހިދާ އަލީ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގިފިލި ތެރެއިންނެވެ، މަންޒަރު އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާގެ ފިރި މީހާއަށެވެ.

ޝާހިދާގެ މަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ ޝާހިދާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައެވެ.