އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އިތުރު ޝަރިއަތެއްގެ އަޑުއެހުން މާދަމާ ބާއްވަން ތާވަލްކޮށްފިއެވެ.
މާދަމާ ހަވީރު 3 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފަށާ ޝަރިއަތަކީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ކުރާ ދައުވާއެކެވެ.
މި ދައުވާއަކީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މީގެކުރިން ކޮށްފައިވާ ހަތަރު ތުހުމަތުގެ ތެރޭގައި ނުހިމެނޭ ތުހުމަތެކެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ހެކި ފޮރުވުމުގެ ތުހުމަތު ޝަރިއަތް އިއްޔެ ވަނީ ފަށާފައެވެ