Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ ޝަރީއަތް ސިއްރުކޮށްފި

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މައްޗައް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ޝަރީއަތް ކޯޓުން ސިއްރުކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ހެކި ފޮރުވުމުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުވާލައިގެންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް މިއަދު ފެށި ޝަރީއަތަކީ ޕީޖީން މީގެ ކުރިން މި ބޭފުޅުންގެ މައްޗަށް އުފުލިކަމަށް ބުނެފައިވާ ހަތަރު ދައުވާގެ ތެރޭގައި ނުހިމެނޭ ދައުވާއެކެވެ.