ޕީޕީއެމްގެ ޖަގަހަ ރުމާލު 2 ގައި ހުޅުޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
މާލެހިޔާ ސަރަހައްދުގައި ހަަދާފައިވާ ވަގުތީ މިސްކިތް ނަގާލައި އެތަނުގައި ޕީިޕީއެމް ހަދާފައިވާ ޖަގަހާގައި ރޯކޮށްލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން މާޗް 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރު 10 ދުވަސް ދިނުމަށްފަހު އަލުން ކޯޓަށް ހާޒިރު ކުރުން ވަނީ ގޭބަންދުގައި ބަހައްޓަން 10 ދުވަސް ދީފައެވެ.
ރުމާލު 2 ޖަގަހަގައި ރޯކޮށްލުމުން ސްޓޭޖްގެ ބައެއްވަނީ އަނދާފައެވެ.