Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އެއް ކެންޑިޑޭޓް ނެރެ ޔާމީން ބަލި ކުރާނަން: ނަޝީދު

އެއް ކެންޑިޑޭޓް ނެރެން އިދިކޮޅު ޕާޓީތަކުން އެއްބަސްކަމަށާއި އަންނަ ރިޔާސީ އިންތިހާބްގައި ރައީސް ޔާމީން ބަލިކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާނެކަމަށެވެ.

އަދި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕާޓީތައް އެއްބަސްވާ ކަމަށާއި، ރައީސް ޔާމީން ބަލި ކުރައްވާނެކަމަށެވެ.

ނަޝީދު މިފަދަ ޓްވީޓެއް ކޮށްފައި މިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް ދާނީ ފަނުފުލުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނިކޮށެވެ.