Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އައްޑޫ/ފުވައްމުލައް ނޭޗަ ޕާކް ޖޫންގައި ހުޅުވަނީ

އިކޯ ޓޫރިޒަމްއަށް އަމާޒުކޮށް އައްޑޫ އަދި ފުވައްމުލަކުގައި ހަދަމުންދާ ނޭޗަރ ޕާކް އަންނަ ޖޫން މަހު ހުޅުވާނެކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ހިތަދޫގެ ކޯއްޓޭ އާއި އީދިގަލިކިޅި ހިމެނޭގޮތަށް ހަދާ ނޭޗަރ ޕާކާއި ފުވައްމުލަކު ބަންޑާރަ ކިޅި ހިމެނޭ ގޮތަށް ތައްޔާރުކުރާ ޕާކްގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިތަނަށް ބޭނުންވާ ގައިޑުން ހޯދުމަށް މިނިސްޓްރީންވަނީ އިއްލާންކޮށްފައެވެ.

ވިޒިޓާސް ސެންޓަރާއި އެކު ހަދަމުންދާ މިޕާކްތަކުން އެސަރަހައްދުގެ ގުދުރަތީ ރީތިކަން ފެނިގެންދާނެއެވެ. މި މަޝްރޫއުއަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.