އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ތިއްބެވީ ރަހީނުކޮށްފައި ކަމަށާއި، ނުހައްގުން ދައުވާ ނުކުރުމަށް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައްވައި ފިއެވެ.
ސައުދު މިފަދައިން ގޮވާލާފައިވަނީ މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ކުރާ ދައުވާ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
SC uthama fadiyāru #AbdullaSaeed ai fadiyār #AliHamēd #Rahēnu koffa, nuhaggu dhauvākoh, nuhaggu Shariai kuran Rāvā reyvunthah Allah Irādha kureviya Kāmiyābeh nuvāne! Dhaulathuge verin aniyaveri amaluthakun dhuruve, adhulu insaafge magah rujuoavumah govaalan! https://t.co/Bi2ekgyMLe
— Saud Hussain MP (@SaudVillingili) April 11, 2018
ސައުދު ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ނުހައްގު ދައުވާކޮށް، ނުހައްގު ޝަރިއަތް ކުރަން ރާވާ ރޭވުން ﷲގެ އިރާދަފުޅުން ކާމިޔާބް ނުވާނެކަމަށާއި، ދައުލަތުގެ ވެރިން އަނިޔާވެރި އަމަލުތަކުން ދުރުވެ އަދުލު އިންސާފުގެ މަގަށް ރުޖޫއުވުމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް މިއަދު 3 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފަށާއިރު އެޝަރީއަތް ވަނީ ސިއްރުކޮށްފައެވެ.