Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ޝާހިދާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދިރިއުޅުނު ގެ

ހދ. ނޮޅިވަރަމުގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފިއެވެ.

ޝާހިދާގެ ފިރިމީހާ އަބޫބަކުރު އިބްރާހިމް (61އ) ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރު ކޯޓު އަމުރެއްގެ ދަށުންނެވެ.

މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހުގެ ރޭ ފަތިހު ޝާހިދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީވެސް އަބޫބަކުރު އިބްރާހިމްއެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ފަތިސް ނަމާދަށް ގޮސް އެނބުރި ގެއަށް އައިތަނުން ކަމަށް އޭރު ހަބަރު ފެތުރިފައިވެއެވެ. ޝާހިދާގެ މަރުގައި ޝައްކުތަކެއް ހުރުމުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހައްދާފައެވެ.