ސިޔާސީ ދެ ޕާޓީއެއް އުފައްދުން ހުށަހަޅާފައިވާކަމަށް އިލެކްޝަން ކަމިޝަންއިން ބުނެފިއެވެ.
އިލެކްޝަން ކަމިޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިތުރު ދެ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާ ކަމަށާއި، އެކަމުގެ ތަފްސީލް އަންނަ އާދީއްތަ ދުވަހު ހާމަކުރައްވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ ދެ ސިޔާސީ ޕާޓީ އުފައްދަން ހުށަހެޅި ނަމަވެސް އޭގެ ތެރެއިން އެއްޕާޓީއަށް ހުއްދަ ދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް އެންގީ ހުށަހެޅި ލިޔެކިއުންތައް ފުރިހަމަ ނުވުމުން ކަމަށެވެ.
އިތުރު ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި އިރު މިވަގުތުވެސް ރާއްޖޭގައި 6 ސިޔާސީ ޕާޓީއެއް ދަނީ ހަރަކާތްތެރިވަމުންނެވެ.