ޚަބަރު

ރެއާލް އާއި ބެޔާން، ރޯމާ އާއި ލިވަޕޫލް ސެމީ އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި، ފާއިތުވި 2 އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބެޔާން މިއުނިކް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ، އިނގިރޭސި ވިލާތުގެ ލިވަޕޫލް އާއި އިޓަލީގެ އޭއެސް ރޯމާއެވެ.

ރެއާލް އިން ސެމީގެ ޖާގައެއް ހޯދީ އިޓަލީގެ ޔުވެންޓަސް އާއި ވާދަކޮށް، 3-4 ގެ އެގްރިގޭޓަކުން މޮޅުވެގެންނެވެ. އަދި ބެޔާން ސެމީގެ ޖާގައެއް ހޯދީ ސެވިއްޔާ އާއި ވާދަކޮށް މޮޅުވެގެންނެވެ.

ލިވަޕޫލް ސެމީގެ ޖާގައެއް ހޯދީ އިނގިރޭސިވިލާތުގެ ގަދަބާރެއް ކަމުގައިވާ ސިޓީ މައްޗަށް ކުރި ހޯދައިގެންނެވެ. ރޯމާ އިން ފައިނަލްގެ ޖާގައެއް ހޯދީ، ބާސެލޯނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ކުޅޭނީ ޔުކްރެއިންގެ ވެރިރަށް ކިއޭވް ގައެވެ.