ޚަބަރު

ހިތަދޫގައި ދެ ސައިކަލް އެކްސިޑެންޓްވެއްޖެ

އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އާއްމުންގެ ބަޔަކު އެހީތެރިވަނީ.

ހިތަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، އެމްއެންޔޫގެ ދަރިވަރުން ތިބޭ ދަނާލާއި ދިމާލަށް ލިންކް ރޯޑުން ދެ ސައިކަލް ޖެހިގެންނެވެ
.
މި އެކްސިޑެންޓްގައި 2 ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން ސައިކަލެއްގައި ކާށި ގޯންޏެއް ހިފައިގެން އައި މީހެކެވެ. އޭނާގެ ކަނދުރާއަށް އަނިޔާވެފައި ވާކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 2 މީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ތަފްސީލް އަންނަނީ…