ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ރިޔަލިޓީ ޝޯވް މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަޔަކުން އައްޑޫގެ ތިން ބައިވެރިން ޖާގަ ހޯދައިފިއެވެ.
ހުކުރު އަދި ހޮނިިހިރު ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްއިން ގެނެސްދޭ މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަތަކުން ރޭ އަލްވާދާއު ކިޔާފައިވަނީ ރައިހާންއެވެ.
އައްޑޫ ސިޓީ ހިތަދޫ ހުސެއިން ޝަހުދާން އާއި ފޭދޫ އާއިޝަތު އަޒަލް އަލީ ޒާހިރު އާއި މަރަދޫ އައިޝަތު ސައިނާ މުހައްމަދު ރަޝީދުއެވެ.
ޖަޖުންގެ 50 އިން ސައްތަ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސްއިން އައްޑޫގެ ތިން ލަވަކިއުންތެރިން ގަދަ 7އަށް ދަތުރުކުރި އިރު މި ތިން ބައިވެރިންނަށްވެސް އައްޑޫން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.