ގާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުން މިއަދު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.
މި ހުރިހާ ފުލުހުން ވެސް ވަނީ މިހާރު ވަޒީފާއިން ވަކިކޮށްފައެވެ.
މި ފުލުހުންނާއި އެކު ކުރީގެ ޕޮލިސް ކަމިޝްނާ އަހުމަދު އަރީފްވެސް ވަނީ ހައްޔަރުކޮށްފައެވެ.